އޮޅުވާލައިގެން އެތެރެކުރި 8 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

Olhuvaalaigeen etherekuri 8 millionah vure gina cigarettes athulaigenffi

އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިންނެވެ.

ކާގޯގެ ގޮތުގައި ޑިކްލެއަރކޮށްގެން އެތެރެކުރަން އުޅުނު ޝިޕްމަންޓެއް

ކަސްޓަމްސްއިން ވިދާޅުވީ، މި ތަކެތި އަތުލައިގަތީ މި މަހުގެ 27 ވަނަ ދުވަހު މާލެ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި ”ޖެނެރަލް ކާގޯ“ ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ.

މި ޝިޕްމަންޓް ބަލައިފާސްކުރުމުގެ ތެރޭގައި ޖުމްލަ 8،527،480 ސިނގިރޭޓް ސްޓިކްސް ވަނީ ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ 426،374 ފޮށި ސިނގިރޭޓް އަދި 42 ހާހަށްވުރެ ގިނަ ކާޓަން ސިނގިރޭޓެވެ.

ދުންފަތުގެ ބާވަތްތަކަކީ ރާއްޖެއަށް އެތެރެކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ ބާވަތްތަކެކެވެ. އެގޮތުން މިހާރު ޤާނޫނު އޮންނަ ގޮތުން ރާއްޖެއަށް އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 4 ރުފިޔާގެ ޑިއުޓީއެއް ނަގައެވެ. ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، މި މައްސަލަ އެ އިދާރާއިން މިހާރު އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted