ޝަލަބީއާ އެކު މަދަހަ ކިޔަން ދަސްކޮށްލަން ފުރުސަތެއް
Shalabee aai eku Madhaha kiyan dhaskohhlan furusatheh

ކުދިންގެ މެދުގައި މަދަހަ ކިޔުމަށް ޝައުގުވެރިކަން އުފައްދައި، ރާގާއި ހަމަތަކާ އެއްގޮތަށް މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާ އެކު ކުރިއަށްގެންދާ ހާއްސަ މަދަހަ ޓްރެއިނިންގ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ފޮނަދޫގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަދަހަ މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 6 އިން 12 ގެ ނިޔަލަށެވެ.

ބައިވެރިވެވޭ އުމުރުފުރާ އަދި ޖާގަ
މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ 7 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި މި ފުރުސަތު ހުޅުވާލެވިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 100 ކުދިންނަށް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފީއަކީ 100 ރުފިޔާ އެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 3 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަޖެހިފައިވާ އޮންލައިން ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އެދެއެވެ.




