ރައީސުލްޖުމްހޫރިއްޔާ ”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި

Raeesuljumhoorihyaa "National exchange limited" ge namugai sarukaaru kunfunyeh ufahdhavaifi

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/16 ގެ ދަށުންނެވެ.

މި ކުންފުންޏަކީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް (ސެކަންޑަރީ މާކެޓް) ކުރިޔަށް ގެންދިޔުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ކުންފުނީގެ މައިގަނޑު މަޤްޞަދުތައް

މި ކުންފުނީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިންގ ފެސިލިޓީތައް ޤާއިމުކޮށް ހިންގުން ހިމެނެއެވެ.

މީގެއިތުރުން، ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި، ލިސްޓުކުރުމަށާއި، މުޢާމަލާތުކުރުމުގެ މަގުފަހިކޮށްދިނުމުގެ އިތުރުން ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިންގ އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ޚިދުމަތްތައް ފޯރުކޮށްދިނުންވެސް މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުމަކީވެސް މި ކުންފުނި އުފެއްދެވުމުގެ މުހިންމު އެއް ބޭނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted