އޭޓީއެމްއިން މަހެއްގެ މައްޗަށް ނެގޭ މިންވަރު 3500 ޑޮލަރަށް ހަދައިފި

ATM in mahehge mahchha negey minavaru 3500 dollar ah hadhaifi

އޭޓީއެމްތަކުން މަހެއްގެ މައްޗަށް ޑޮލަރު ނެގޭ މިންވަރު 3،500 ޑޮލަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ބޭންކުން ވިދާޅުވިއެވެ.

”ޑިޖިޓަލް-ފަސްޓް“ ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޮކްޓޯބަރު 1 އިން ފެށިގެން މި ބަދަލު ގެނެސްފައިވާއިރު، މީގެ ކުރިން އޮންނަނީ ދުވާލެއްގެ މައްޗަށް ޑޮލަރު ނެގޭ ލިމިޓެކެވެ. ނަމަވެސް މި ބަދަލާއެކުވެސް ކާޑަކުން ދުވާލަކަށް ނެގޭ 1،600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ނިންމުމަކީ އަވަސް އަދި ލުއިފަސޭހަ ޑިޖިޓަލް މާލީ ނިޒާމެއް ކުރިއެރުވުމަށް އެ ބޭންކުން ގެންގުޅޭ ދުރުރާސްތާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އާންމު ގޮތެއްގައި ކަސްޓަމަރުން ބޭންކަށް ޑޮލަރު ޖަމާކުރަނީ ޓްރާންސްފަރ މެދުވެރިކޮށް ކަމަށްވިޔަސް، ނިސްބަތުން ގިނަ އަދަދެއްގެ ކަސްޓަމަރުން އޭޓީއެމްތަކުން ނަގުދު ފައިސާގެ ގޮތުގައި ފައިސާ ނަގާ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ޑިޖިޓަލް ވަސީލަތްތައް ޤާއިމުކުރުމަށް ބޭންކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، މޮބައިލް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބިލު ދެއްކުމާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ކޮންމެ ވަގުތަކުވެސް ލިބޭނެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމާއި އެކައުންޓު ހުޅުވުން ފަދަ ޚިދުމަތްތައް މިހާރު ވަނީ އޮންލައިންކޮށް ހަމަޖައްސާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted