ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ގަމުން ބައިވެރިވެއްޖެ

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ގަމު ކައުންސިލުން ބައިވެރިވެއްޖެއެވެ.

ގަމު ކައުންސިލާއި ގަމުގައި ހުރި މުވައްސަސާތަކުން ރަށުގެ އެކި ސަރަހައްދުތަކުގައި ހިޔާ ލިބޭނެ ގަސްތައް އިއްޔެގައި އިންދާފައިވެއެވެ. ގަސް އިންދުމުގައި އިސްކަން ދީފައި ވަނީ ގިނަ މީހުން ޖަމާވާ، އެހެން ނަމަވެސް ގަސް މަދު ސަރަހައްދުތަކަށް ކަމަށް ގަމު ކައުންސިލުން ވިދާޅުވެއެވެ. އަދި ހިޔާ ލިބޭނެ ފަދަ ބޮޑެތިވާ ޒާތުގެ ގަސް އިންދުމަށް އިސްކަން ދީފައިވާ ކަމަށް ވެސް ގަމު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މި ޙަރަކާތުގައި ގަމު ކައުންސިލްގެ އިތުރުން ލާމު ފުލުހުންނާއި ގަމުގައި ހުރި ސަރުކާރު ސުކޫލްތަކުގެ އިތުރުން އެމް.އެން.ޔޫ ގަމު ކެމްޕަހުން ބައިވެރިވިއެވެ.

މުޅި ރާާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްްރޮގްރާމް، ރައީީސުލްޖުމްހޫރިއްޔާ އިޢޢުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރމަހުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments