އަތޮޅު ކައުންސިލްތަައް އުވާލިތާ 4 މަސް، ކޮންމެ އަތޮޅެއްގައި ހޯމްނިނިސްޓްރީގެ އޮފީހެއް

Atholhu councilthah uvaalithaa 4 mass, konmme atholhehgai home ministryge office eh

އަތޮޅު ކައުންސިލްތައް އުވާލިތާ 4 މަސްދުވަސް ފަހުން، ”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް އުފައްދަވައި، އެ ތަންތަނަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިނގާ ތަންތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުން ނަންބަރު 2026/16 ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި މަރުކަޒުތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 65ވަނަ މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެ މަތިން، ޤައުމީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މިއަދު އުފެއްދެވި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަކީ:

  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހއ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހދ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ށ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ނ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ރ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ބ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ޅ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ކ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – އއ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – އދ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ވ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – މ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ދ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ތ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ލ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގއ. އަތޮޅު
  • ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގދ. އަތޮޅު

މީގެއިތުރުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ސިޓީތަކުގައި ޖަހާނެ މުއައްސަސާ ނަންބަރުތައްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ކަނޑައަޅުއްވާ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted