ސިނަމާލެ ބްރިޖުގައި ސައިކަލުން ޖެހުނު ފުލުސް މީހާ އިތުރު ފަރުވާއަށް މާދަމާ ބޭރަށް ގެންދަނީ

Sinamaale bridge gai saikalun jehunu fulus meehaa ithuru faruvaaah maadhamaa beyrah gendhanee

ސިނަމާލެ ބްރިޖުގެ ހައިވޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް ސައިކަލުން ޖެހި އަނިޔާވި ފުލުސް މީހާ އިތުރު ފަރުވާ ހޯދުމަށް މާދަމާ ރާއްޖެއިން ބޭރަށް ގެންދާނެ ކަމަށް އޭނާގެ އާއިލާގެ މީހަކު ލާމު އެމްވީއަށް ބުނެފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވާ ފުލުސް މީހަކީ ލާމު އަތޮޅު ގަމު މީހެކެވެ.

ލާމު އެމްވީއަށް މަޢުލޫމާތު ދެމުން އެ ފުލުސް މީހާގެ އާއިލާގެ މީހަކު ބުނީ، މި ހާދިސާގައި އޭނާގެ ތިން ދަތް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އިތުރު ފަރުވާއަށް އޭނާ މާދަމާ ރާއްޖެއިން ބޭރަށް ފުރާނެ ކަމަށް ވެސް އެ މީހާ ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted