މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ މަޝްރޫޢުގެ ދަށުން އިސްދޫ ގޮނޑުދޮށް ސާފުކޮށްފި

Moosumah anna badhaluthakun rahkaatherivumuge mashroouge dhashun Isdhoo gondudhoh saafukohffi

”ބިލްޑިންގ ކްލައިމެޓް ރެޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް“ މަޝްރޫޢުގެ ދަށުން، ލ. އިސްދޫގެ ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތަކީ މޫސުމީ ބަދަލުތަކުން ރަށްރައްކާތެރިކުރުމާއި، ގޮނޑުދޮށްތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި އިވެންޓުގައި އިސްދޫގެ އާންމު ރައްޔިތުންނާއި، މަދަނީ ޖަމްޢިއްޔާތައް އަދި ކަމާބެހޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެ، އެންމެން ގުޅިގެން ވަނީ ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ ރޫޙު އާލާކުރުމަށާއި، އަތިރިމަތީގެ ނާޒުކު ވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މި ހަރަކާތުގެ ތެރެއިން މަސައްކަތްކޮށްފައިވެއެވެ.

މިފަދަ ހަރަކާތްތަކަކީ ސާފު، ދުޅަހެޔޮ އަދި މޫސުމީ ކާރިސާތަކަށް ކެތްކުރެވޭފަދަ ގޮނޑުދޮށްތަކެއް ދެމެހެއްޓުމަށް މުޖުތަމަޢުގެ ބައިވެރިވުމާއި ގުޅިގެން މަސައްކަތްކުރުން ކިހާ މުހިންމުކަން ހާމަކޮށްދޭ އިސްނެގުމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted