ބީއެމްއެލްއިން ތިން މިލިއަނުން ދަށުގެ ހައުސިން ލޯނުތަކުގެ އިކުއިޓީ ފަސް އިންސައްތައަށް ދަށްކޮށްފި
BML in 3 million in dhashuge Housing loanuthakuge Equity 5 insaththaah dhakkoffi

ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިނޭންސިން އަތްފޯރާ ޚިދުމަތަކަށް ހެދުމުގެ ގޮތުން، ތިން މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ދަށުގެ ހައުސިން ލޯނުތަކަށް އަމިއްލައަށް ދައްކަންޖެހޭ އިކުއިޓީ ފަސް އިންސައްތައަށް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ދަށްކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިޢުލާންކުރި އާ ޝަރުތުތަކުގެ ދަށުން، ތިން މިލިއަން ރުފިޔާއާ ހަމައިގެ ލޯނުތައް ދޫކުރާއިރު ރަހުނެއް ބަހައްޓަން ވެސް ނުޖެހޭނެއެވެ. މި ބަދަލު ގެނައުމުގެ ކުރިން، އެ ބޭންކުން ހައުސިން ލޯނު ދޫކުރަމުން ގެންދިޔައީ ލޯނުގެ 20 އިންސައްތަ އިކުއިޓީގެ ގޮތުގައި ނަގައިގެންނެވެ.
ބީއެމްއެލްގެ ހައުސިން ލޯނުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދަކީ 50,000 ރުފިޔާއެވެ. އެ ބޭންކުން ހައުސިން ލޯނުގެ ގޮތުގައި ދޫކުރާނެ އެންމެ ބޮޑު އަދަދަކީ 45 މިލިއަން ރުފިޔާއެވެ.
އިކުއިޓީ ދަށްކުރި ސަބަބު ބަޔާންކޮށް ބީއެމްއެލްގެ ސީއީއޯ ޝަރީފް ބުނީ، ގެދޮރު މިލްކުކުރުމަށް މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ފައިސާ އެއްކުރުމަށް ކުރަންޖެހޭ ތަކުލީފު ކަމަށާއި، މި ބަދަލުން އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
”ގެދޮރު ބިނާ ކުރުމަށް ބޭނުންވާ ފައިނޭންސިންއަކީ އަތްފޯރާ ހިދުމަތަކަށް ހެދުމަށް ވެސް އަޅުގަނޑުމެން ވާނީ މަސައްކަތްކޮށްފައި. އެގޮތުން ހައުސިން ލޯނުތަކަށް އަމިއްލައަށް ދައްކަންޖެހޭ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓު 20 ޕަސެންޓުން ފަސް ޕަސެންޓަށް ވަނީ ދަށްކޮށްދެވިފަ. މިއީ ގެދޮރު މިލްކު ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށްވާ ފައިސާ އެއްކުރުމަށް އޮތް ތަކުލީފަށް ލިބުނު ބޮޑު ލުޔެއް،“ ޝަރީފް ބުންޏެވެ.
ބީއެމްއެލްއިން ދޫކުރާ ހައުސިން ލޯނުތަކުގެ އިކުއިޓީ ސަރުކާރުން ދައްކައިދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު އިޢުލާން ކުރެއްވިއެވެ. ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ފައިސާއަކީ ލޯނެއް ނޫން ކަމަށާއި، އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށެވ




