ޓެކްސް ފައިސާއިން ކުރާ ކަމަކީ ބަނގުރޫޓު ކޮށްލާފައި އޮތް ގައުމެއް ކޮޅަށްޖެހުން: މަޖިލިސް ރައީސް

Tax faisaain kuraa kamakee banguroot kohlaafa oiy qaumeh kolhahjehun: Majlis Raees

ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ކުރާ ކަމަކީ ދަރަނި ދައްކައި، ބަނގުރޫޓުކޮށްލާފައި އޮތް ގައުމެއް ކޮޅަށް ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ނަގާ ފައިސާއިން ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ސުވާލުކޮށް އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ފައިސާ ހޯއްދަވައިގެން އެކި ސަރުކާރުތަކުގައި އެކި ރައީސުން ކުރައްވާނީ އެކި ކަންކަން ކަމަށެވެ. އެގޮތުން އެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެ ބޭފުޅުންގެ ޖީބު ބޮޑުކުރައްވައި، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރެއްވުން ކަމަށާއި، އަނެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެފަދައިން އަމަލުކުރެއްވި ބޭފުޅުން ބަނގުރޫޓު ކޮށްލާފައި އޮތް ގައުމު އަލުން ސަލާމަތްކޮށް، އިގްތިސާދު ނަގާ ކޮޅަށް ޖައްސަވައި ދަރަނިތައް ދެއްކުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އެއީ އަސްލު އެ ފައިސާއިން ކުރާ ކަމަކީ، އެ ފައިސާއިން އެމަގަށް އެ ކަންކަން ކުރީމާ މިއަދު ސަލާމަތުން އޮތް ގައުމެއް އަޅުގަނޑުމެނަށް މި ލިބުނީ، އެއީ ރައްޔިތުންނާއި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަކީ،“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ މި ބިލަކީ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، ޓެކްސް ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް މުހިންމު ބިލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted