ސިއްހީ ދާއިރާއަށް އިތުރު 2،000 މުވައްޒަފުން ނަގަނީ

Sih'hee dhaairaa ah ithuru 2,000 muvazafun naganee

ސިއްހީ ދާއިރާއަށް މިއަހަރުގެ ތެރޭގައި އިތުރު 2،000 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ ހަތަރު ވަނަ އެޑިޝަންގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. އެ މެޑިކަލް އޮފިސަރު ވަނީ ޚިދުމަތް ހޯދާ މީހުންގެ އާބާދީއާ އެއްވަރަށް މުވައްޒަފުން ނެތް ކަމަށާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގިނަ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ދަތިތަކާ ކުރިމަތިވެފައިވާތީ އިތުރު މުވައްޒަފުން ބޭނުންވާކަން ފާހަގަކޮށްފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ދާއިރާއަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި، މި އަހަރު އިތުރަށް މުވައްޒަފުން ނެގުމަށް ނިންމާފައި ވަނީ ވެސް ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ. އަދި މި މުވައްޒަފުން ނަގަމުންދާނީ ބެޗްތަކަކަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

”ނިއަލީ ދެ ހާ ހެއްހާ ސްޓާފުން މުޅި ރާއްޖެއަށް، ދެން އޭގެ ތެރެއިންވެސް ބެޗް ބެޗަށް މިދަނީ. ދެން މިހާރުވެސް އިތުރު ސްޓާފުން ނެގުން، އޮފްކޯސް ހަމަ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް އޭގެ ތެރޭގައި ހިމެނޭނެ. ޖީޕީ ކްލިނިކްސްތައް ފޭސް 2 ގަ އިތުރު ތަނެއް، ފޭސް 1 ގަ އިތުރު ތަނެއް ހެދުމުގެ މަސައްކަތް މިހާރު ހަވާލު ކޮށްގެން ފަށައިފި،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އަޅާ ޖީޕީ ކުލިނިކުތަކުގެ މަސައްކަތް ނިމުމުން ސިއްހީ ދާއިރާގެ ކެޕޭސިޓީއާއި އެ ދާއިރާގެ މުވައްޒަފުންގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted