”ރިލެކްސް މަންޖެ“ އިން ލ.އަތޮޅުގެ ދަތުރުތައް ފަށައިފި، އީދަށް ހާއްސަ ޝެޑިއުލެއް!

"Relax manje" in L.atoll ge dhathuruthah fashaifi, eid ah haahsa schedule eh!

”ރިލެކްސް މަންޖެ“ ލޯންޗު ފެރީއިން ލ.އަތޮޅުގެ ދަތުރުތައް ފަށައިފިއެވެ.

”ރިލެކްސް މަންޖެ“ އިން ލ.އަތޮޅުގެ ދަތުރުތައް ފަށާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ރިލެކްސް އިން ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހު ލާމަށް، އަދި ލާމުން މާލެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އީދަށް ވަކި ހާއްސަ ދަތުރުތަކެއް ވަނީ ޝެޑިއުލް ކޮށްފައެވެ.

”ރިލެކްސް މަންޖެ“ ފެރީގެ އީދު ޝެޑިއުލްގެ ތެރެއިން މިއަންނަ މަހު 1 އިން ފެށިގެން 5 ގެ ނިޔަލަށް އަދި 9 އިން 13 ގެ ނިޔަލަށް މާލެއިން ލާމަށް، ލާމުން މާލެއަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފެރީގެ ޓިކެޓްގެ އަގަކީ 1،150 ރުފިޔާއެވެ.

މި ފެރީގެ ދަތުރުތައް އަވަސް ވެފައި، ވެންޓިލޭޝަން ރަނގަޅުވާނެ ކަމަށް ފެރީ ހިންގާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

”ރިލެކްސް މަންޖެ“ އިން ދަތުރުކުރުމަށް ޓިކެޓް ބުކް ކުރުމަށް ގުޅާނީ 9838281، 7731759 ނުވަތަ 9768585 ފޯނު ނަމްބަރަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Sameeh Adam
Sameeh Adam
1 year ago

Sameeh