ގަމު ކައުންސިލުގެ ކުރެހުން އަދި އަތްތެރި މަސައްކަތުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Gamu council ge kurehun adhi aiytheri masahkathuge mubaaraathugai baiverivumuge furusathu hulhuvaalaifi

ލ. ގަމު ކައުންސިލުން ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުން އަދި އަތްތެރި މަސައްކަތުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 27 ވަނަ ދުވަހު 12:00 އެވެ. މުބާރާތުގުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމާއެކު ކުއްޖާ ހުށަހަާޅާ ކުރެހުން ނުވަތަ ކުރާފްޓް މަސައްކަތުގެ ފޮޓޯ ހުށަހަޅަންޖެހެއެވެ.މަސައްކަތް ހުށަހަޅާ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރު ކަމަށްވާ ” ކޮންމެ ކުއްޖަކަށް އާއިލާއެއް” މި ސުރުހީއަށެވެ. މަސައްކަތްތައް ޖަޖު ކުރުމަށް ކުރެހުންތަކާއި ކުރާފްޓް މަސައްކަތްތައް ކައުންސިލުން އަންގާ ތާރީހެއްގައި ހަވާލުކުރަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
ބައިވެރިވެވޭ އުމުރުފުރާތައް:
7-9 އަހަރު
10-12 އަހަރު
13-15 އަހަރު
16-17 އަހަރު
މި މުބާރާތުގެ ނަތީޖާ ފާޅު ކުރުން އޮންނާނީ 30 މޭ 2025 ވަނަ ދުަވަހު މި އިދާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގައެވެ. ކޮންމެ އުމުރުފުރާއަކުން ކޮންމެ ކެޓަގަރީއަކުން ވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުން ވަނީ ހަމަޖެހިފައެވެ.އަދި މި ވަނަތަކަށް ދާ ކުދިންގެ މަސައްކަތްތައް ކުޑަކުދިންގެ ހަވީރުގައި ދައްކާލުމަށް ވަނީ ނިންމާފައެވެ.