ގަމު ކައުންސިލްގެ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން މި މަހު 28 ގައި!

Gamu councilge rayyithunge mashvaraa bahdhaluvun mi mahu 28 gai!

ލ.ގަމު ކައުންސިލްގެ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން މި މަހު28 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީގެ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކޮންމެ 4 މަހަކުން އެއް ފަހަރު ކައުންސިލުން ނިންމާ މުހިއްމު ނިންމުންތަކުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެގޮތުން، އެ ކައުުންސިލުން ބާއްވާ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން މި މަހު 28 ވަނަ ދުވަހުގެ ރޭ 20:30 ގައި ގަމު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމެޖިފައެވެ.

މި ބައްދަލުވުމުގައި ގަމު ކައުންސިލްގެ ރައީސް އަހުމަދީ ޒަކީ ރަށުގެ ރައްޔިތުންނާ މުހާތަބުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މި ބައްދަލުވުމުގައި، ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާއިރު، ރަށުގެ ތަރައްގީ ޕްލޭން ރިވިއުކުރުމަށް ފަހު ރައްޔިތުންނާ ހިއްސާކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.

ގަމު ކައުންސިލުން ވަނީ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted