މަރުވިތާ ހަފުތާއެއް ފަހުން މޫސަގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިިފި

Maruvithaa hafuthaa eh fahun moosage hashigandu autopsy hedhumah raajjein beyrah fonuvaifi

ރަހުމު ކުޑަގޮތަކަށް މަރާލި ލ.މާވަށު މޫސާ އިބްރާހިމްގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް ފޮނުވައިފިއެވެ.

ޕޮލިހުން ބުނީ މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް މިމަހު 6 ވަނަ ދުވަހު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މޫސާ އިބްރާހިމްގެ އޮޓޯޕްސީއަށް ބޭރަށް ފޮނުވާފައި މިވަނީ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. މޫސާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ އާއިލާގެ ނުގަބޫލުގައި ކަމަށްވާއިރު، އާއިލާގެ ފަރާތުން ހަށިގަނޑު ވަޅުނުލެވި ގިނަ ދުވަސް ވާތީ، ދަނީ ކަންބޮނޑުވުން ފާޅުކުރަމުންނެވެ.

މޫސަ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހު 28 ވަނަ ދުވަހުގައެވެ. މޫސަ މަރާލިކަމަށް ތުހުމަތުކުރެވެނީ ހދ.ނޮޅިވަރަމްފަރަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ އަމިއްލައަކަށް ފުލުހަށް ގޮސް މޫސަ މަރާލިކަމަށް އެއްބަސްވެފައެވެ. ފުލުހުންނަށް ވަޅި ދެއްކީވެސް މޫސަގެ ގާތިލު ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted