”ޕިންކް ރިބަން ރަން/ވޯކް“ ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

"Pink ribbon run/walk" gai register vumah hulhuvaalaifi

އުރަމަތީގެ ކެންސަރަށް ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ބާއްވާ “ ޕިންކް ރިބަން ރަން/ވޯކް“ ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ގަމު ކައުންސިލުން ކުރި އިއުލާނާއާއެކު މި ހިނގާލުމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ވެސް ވަނީ ހިއްސާކޮށްފައެވެ. އެއާއެކު، ހިނގާލުމުގެ ބޭނުން ކުރާ ޓީޝާޓް ނުވަތަ ބިބު ގެ އަގާއި ގަތުމަށް ހަދަންވީ ގޮތް ކައުންސިލުން ކުރި އިއުލާނުގައިި ބުނެފައިވެއެވެ.

މި ހިނގާލުމަކީ ކެއަރ ސޮސައިޓީގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ހިނގާލުމެކެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެެ 18 ވަނަ ދުވަހުގައެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted