ގަމު މުކުރިމަގުގައި ތަރައްގީކުރި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި

Gamu mukurimagu avashugai tharahgee kuri volley court rasmeekoh hulhuvaifi

ލ.ގަމު މުކުރިމަގު އަވަށުގައި ގަމު ކައުންސިލުން ތަރައްގީކުރި ވޮލީ ކޯޓު ހުޅުވައިފިއެވެ.

ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ގަމު ކައުންސިލްގެ ރައީސް ވިދާޅުވީ މުކުރިމަގު ވޮލީ ކޯޓު ގައި ބޯޅަ ގެ އެއްވެސް ހަދާނެ ކަމަށެވެ.

ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ގަމު އަލަށް އާބަދުވި ސަރަހައްދުގެ ޓީމަކާއި، މުކުރިމަގު އަވަށުގެ ޓީމަކާއެކު ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗު ކާމިޔާބުކުރީ މުކުރިމަގު އަވަށު ޓީމެވެ. މި ދެ ޓީމަށް ވެސް ގަމު ކައުންސިލުން ވަނީ ވޮލީ ބޯޅަ ހަދިޔާކޮށްފައެވެ.

ގަމު ކައުންސިލުން ވަނީ އާބަދު ސަރަހައްދު އަދި ގަމު ތުނޑީގައި ވެސް ތައްގީކުރި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted