ހޯކްސް ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެ ކުރި މައްްސަލައެއްގައި ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި

Hawks Theyo Boatehgai Vagah Cigaret Ethere Kuri Massalaehgai Customs ge 2 Deputy Commissionerun Vaki kohfi

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ގެ ތެޔޮ ބޯޓެއްގައި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލައެއްގައި ކަސްޓަމްސް ގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފިއެވެ.

ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކޮށްފައިވާ “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް” ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެ ކޮށްފައިވާ މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރެފައިވާ މައްސަލައާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ކަސްޓަމްސްގެ ތިން މުވައްޒަފަކާއި ގުޅޭ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަލަލު ކުރައްވަމުން ގެންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ފިޔަވަޅު އެޅުމަށް އަންގާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވަކިކޮށްފައިވާ ދެ ޑެޕިއުޓީ ކޮމިޝަނަރުންނަކީ މަހްމޫދު ރިޔާޒް އަދި އަބްދުﷲ ވަހީދެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments