މާބައިދޫ ކަައުންސިލްގެ ރަސްމީ ވެބްސައިޓް އަދި ‘އަހަގުން ޕޯރޓަލް’ އިފްތިތާހްކޮށްފި

Maabaidhoo councilge rasmee website adhi 'ahagun portal' ifthithaah kohfi

ލ.މާބައިދޫ ކައުންސިލަގެ އައު ވެބްސައިޓް ‘އަހަގުން ޕޯޓަލް ‘ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ޕޯރޓަލްއާ އެކު އެ ކައުންސިލުން ވަނީ އޮންލައިން ޕޭމަންޓް ޕްލެޓްފޯރމް ފަހިޕޭ ވެސް ތައާރަފްކޮށްފައެވެ. މާބަައިދޫ ކައުންސިލުން ބުނީ މި ހިދުމަތްތަކާއެކު، މާބައިދޫ ކައުންސިލުންދޭ ހިދުމަތް ހޯދުމަށް ބޮޑުތަނުން ފަސޭހަވާނެ ކަމަށާއި، ހިދުމަތްތައް އަވަސްވެގެންދާނެކަމަށެވެ.

މީގެ އިތުުރުން، ރައްޔިތުން އެދޭ ހިދުމަތްތަކުގެ އަދާހަމަ ވެސް އެނގިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ކައުންސިލުން ބުނީ މިއީ ތާރީހީ ބަދަލެއް ކަމަށެވެ.

‘އަހަގުން ޕޯޓަލް’ މެދުވެރިކޮށް ލިޔެކިއުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވުމުގެ އިތުރުން، ހުރިހާ ހިދުމަތަކަށް ވެސް އޮންލައިންކޮށް ހުށަހަޅާލެވޭނެއެވެ.

މާބައިދޫ ކައުންސިލް ވެބްސައިޓްގައި ރަށުގެ އާބާދީގެ އިތުރުން ރަށުގެ ޕްރޮޖެކްޓައް އަދި އާންމު އިއުލާނުތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted