މާފުށި އަތުން ގަމަށް ފަސޭހަ މޮޅެއް!

Maafushi athun Gamah faseyha molheh

މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު2026 ގައި ލ. ގަމުން ކުޅުނު ދެވަނަ މެޗުގައި ކ. މާފުށީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފި އެވެ.

ރާއްޖޭގެ އަންހެން ވޮލީގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު މާޖިދާ (މާޖި) އަަދި ހައްވާ ރާޝިދާ (ހައްވަ) އާއެކު މި ފަހަރުގެ މުބާރާތައް ނުކުތް ގަމު ޓީމުން މާފުށީގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގައި ގަމުން ކުޅުނު ފުރަތަމަ މެޗުގައި ށ. ފުނަދޫ އަތުން ވަނީ3-2 ސެޓުން ބަލިވެފަ އެވެ. އެހެންވެ މި މެޗުން މޮޅުވުން ގަމަށް އޮތީ މުހިންމުވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ދިޔައީ25-15،25-15 އަދި25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިނީ ގަމުގެ ހައްވަ އެވެ.

މި މުބާރާތުގައި މިރޭ ލ. މާބައިދޫ އިން ނުކުންނާނީ ދ. މާއެނބޫދޫއާ ދެކޮޅަށެވެ. އަދި މުބާރާތުގައި ގަމުން ކުޅޭ ތިންވަނަ މެޗުގައި ނުކުންނާނީ އައްޑޫ ސިޓީއާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted