އަދިވެސް ވައި ނުސާފު،ހުރިހާ ހިސާބަކަށްވެސް ހޫނުގަދަ:މެޓް

Adhives vai nusaafu, hurihaa hisaabakah ves hoonu gadha: Met

މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނުގަދަކަމަށާއި،ބައެއް ހިސާބުތަކަށް ނުރައްކާވާ މިންވަރަށްވައި ނުސާފު ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މިދުވަސްވަރަކީ އާންމުކޮށް ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގެ ވައި ތަޣައްޔަރުވާ ދުވަސްވަރެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީގެ މޮނިޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި ހުރިހާ ހިސާބެއްގައި ވެސް،ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 69 އަށް ވުރެ މަތީގަ އެވެ. މިއީ ނޭވާލާ ނިޒާމު ފަދަ ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ މިންވަރެކެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކށް ވައި ނުސާފުއިރު، މިދުވަސްކޮޅަކީ ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނުގަދަ ދުވަސްވަރެކެވެ. މިދުވަސްވަރު އެންމެ އަވިގަދަވަނީ މެންދުރު02:00 ގެ ފަހުންނެވެ.އިއްޔެ އެ ގަޑީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާރު ހިނގަމުން މިދަނީ އިރުވައި މޫސުމުގ ހަތް ވަނަ ނަކަތް ފުރަބަދުރުވަ ނަކަތެވެ.ފުރަބަދުރުވަ ކުރިއަށްދާނީ ފެބްރުއަރީމަހުގެ 27 އިން މާރޗުމަހުގެ 11އަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.އާންމު ގޮތެއްގައި ވައި ޖެހޭނީ އިރު އުތުރުން އާދައިގެ ވަރަކަށެވެ. މޫސުން ރަނގަޅުވެފައި މަސްވެރިކަން މި ނަކަތުގައި ރަނގަޅުވާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments