އީ-ފާސް ބޭނުންކޮށްގެން ބޭހަށް އޯޑަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

E-faas beynun kohgen beyhah order kureveyne inthizaamu hamajahsaifi

އީފާސް ބޭނުންކޮށްގެން ބޭނުންވާ ބޭހަކަށް އޯޑަރު ކުރެވޭނެ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެއް ސްޓޭޓްފާމާއިން ތައާރަފްކޮށްފިއެވެ.

އެމްއެމްޓީވީގެ ‘އަދާހަމަ’ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ ވިދާޅުވީ،  ސްޓޭޓްފާމާ ޕޯޓަލްއަކީ ކޮންމެ ރައްޔިތަކަށްވެސް އީ-ފާސް މެދުވެރިކޮށް، ފަސޭހައިން ބޭނުންކުރެވޭނެ ޕޯޓަލް އެއް ކަމަށެވެ.. އެގޮތުން،މި ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުން އަދި އޯޑަރުގެ ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ.

މީގެއިތުރުން، ސްޓޭޓްފާމާއިން ވަނީ24 ގަޑިއިރުގެ ހިދުމަތްދޭ ހޮޓްލައިން ނަންބަރު،1505 ތައާރަފުކޮށްފައެވެ. މިއީ އާންމުންނަށް ބޭނުންވާ މުހިއްމު ބޭސްތައް ހޯދައިދިނުމާއި އަވަސް ހިދުމަތްތައް ފޯރުކޮށްދިނުމަށް ތައާރަފުކުރެވުނު ޕްލެޓް ފޯމެއް ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި ދިމާވާ އެންމެ ބޮޑު އެއް މަައްސަލައަކީ، ބޭސް ސިޓީ އަށް ބޭސް ނުލިބުމެވެ. ސްޓޭޓްފާމާއިން ތައާރަފުކުރި މި ޕްލެޓްފޯމާއެކު ބޭސް ހޯދުމުގައި ދިމާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments