ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، މޫސުން ރަނގަޅުވާނެ: މެޓް
Baeh hisaabuthakah keree ge asaru foari nama ves, moosun rangalhuvaan: Met
ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކެއް ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ހޫނު ގަދަ ދުވަސްތަކަކަށް ފަހު، މޫސުން ރަނގަޅުވާނެ ކަމަށް ލަފާުރެވުނު ނަމަވެސް، އާންމުގޮތެއްގައި ފިނި ހޫނުމިން އަދިވެސް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާފައިވާނެ ކަމަށާއި، ޖުމުލަ ގޮތެއްގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.
މި މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް މެޓް އިން ލަފާކުރާއިރު،، ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ވެސް ލަފާކުރެއެވެ.




