ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި

Hurihaa party eh ekulevey inthigaalee sarukaareh ekulavaaluamah nasheed govaalahvaifi

ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެބިނެޓްގެ މައްޗަށް ރައީސުލް ޖުމުހުރިއްޔާގެ އިތުބާރު ގެއްލިއްޖެ ކަމަށާއި، ރައީސުލް ޖުމުހުރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.

މީގެިއުތުރުން ނަޝީދު ވިދާޅުވީ، މިދަނޑިވަޅު ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ބޮޑުކޮށް ކުރަން ފަށައިފިކަމަށެވެ، ހަމަމިއާއެކު، ބޭނުން ޖެހިފައިވާ އަސާސީ، އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން، އިންސާފުވެރި އިންތިހާބެއް ރާވައި ހިންގުމަަށް ، ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ކެބިނެޓްއަށް ގެނައި ބޮޑު ބަދަލުތަކާއި ގުޅިގެންނެވެ. ކެބިނެޓް ގެ 10 ވަޒީރަކު ވަނީ، މިއަދު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިންތިހާބަށް ފަހު ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މެނޭޖަރުން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments