ގަމު ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަަށް ހުޅުވުވާލައިފި

Gamu council Quran mubaaraathugai baiveri vumah hulhuvaalaifi

ގަމު ކައުންސިލް އިން އިންތިޒާމުކޮށްގެން ބާއްވާ ޤުރުޢާން މުބާރާތް 2026 “ ގައިބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލއިފިއެވެ.

ގަމު ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ބުނީ، މި މުބާރަތުގައި ބައިވެރި ވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ގެޒެެޓްކުރި އިއުލާނާއެކު މުބާރާތުގެ ގަވާއިދުވެސް ވަނީ އާންމުކޮށްފައެވެ. މިއީ ގަމު ރައްޔިތުންނަށް ނުވަތަ ގަމުގައި ދިިރިއުޅޭ ފަރާތްތަކަށް އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ވަނަ ވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މުޅު މުބާރާތުން ބަލައިގެން އަދި ނުބަލާ ހޮވޭ ފަރާތަށްވެސް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް، 10،000 އަދި ތިންވަނަ އަަށް ހޮވޭ ފަރާތަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އުމުރު ކަނޑައަޅާނީ، މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް  ބައިވެރިން ފެތޭ އުމުރުފުރައަށް ބަލައިގެން ކަމަށް ގަވާއިދުގައި ބުނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted