ގަމު ޑަބްލިއުޑީސީ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Gamu WDC bashi boalha mubaaraathugai baiverivumah hulhuvaalaifi

ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 04 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ރަޖިސްޓްރީ ފޯމު ހުށަހަޅަންޖެހެއެވެ. : މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ގަމު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ޑަބްލިއުޑީސީ ރަސްމީ ފޭސްބުކް ޕޭޖް އިން ލިބޭނެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ލ.  އަތޮޅަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ އަދި މުއައްސަސާތަކަށެވެ.

މި މުބާރާތަކީ ރަށުގެ އަންހެނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެއްބައިވަންތަކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. ލ.ގަމަކީ ގިނަ އަދަދެއްގެ ބަށި ކުޅުންތެރިން ތިބި ، ބަށީގައި ފާހަގަކޮށްލެވޭ ރަށެކެވެ. އަދި ގަމުގެ ބަށި ކުޅުންތެރިން ވަނީ ރަށް ތަމްސީލުކޮށްގެން ގައުމީ ފެންވަރުގައި ރަން ވަނަތައް ގާސިލްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments