ޙަމަދް ސްކޫލްގެ މުދައްރިސަކު މަރުވެފައި އޮއްވާ ފެނިއްޖެ

Hamad schoolge mudhahrisaku maruvefai ohvaa fenihjje

ލ. ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޡާނީ ސްކޫލްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މުދައްރިސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ސްކޫލްގައި ބައިލޮޖީ މާއްދާ ކިޔަވައިދެމުންދިޔަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަތީޝް ނަމަކަށް ކިޔާ މުދައްރިސެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަތީޝް އަކީ ޙަމަދް ސްކޫލްގައި 10 އަހަރަށްވުރެ ގިނަ ދުވަހު ކިޔަވައިދީފައިވާ، ތަޖުރިބާކާރު މުދައްރިސެކެވެ. އޭނާގެ އުމުރަކީ 50 އަހަރުން މަތި ކަމަށް ލަފާކުރެވެއެވެ.

ޚަބަރުތައް ލިބޭގޮތުގައި، މިއަދު ހަވީރުގެ ވަގުތެއްގައި ބޮލުގައި ރިއްސާތީ އޭނާ އުޅުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ބެލިއިރު، އޭނާ އޮތީ މަރުވެފައި ކަމަށް ލަފާކުރެވިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted