ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ހުޅުވާލައިފި

Gaumee Quran mubaarathuge audition burugai baiverivaan hulhuvaalalifi

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ 38 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ މަރުކަޒުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މުބާރާތުގެ ފެންވަރު މަތިކުރުމަށްޓަކައި މިއަހަރުގެ މުބާރާތް އިންތިޒާމުކޮށްފައިވަނީ އޮޑިޝަން ބުރަކާއި، ސެމީ ފައިނަލް އަދި ފައިނަލް ބުރެއް ހިމެނޭ ގޮތަށެވެ. މި މުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމުގެ އިތުރުން ޙާފިޡުންގެ ގިންތި ހިމެނޭހެން ތިން ދާއިރާއަކަށް ބަހާލައިގެންނެވެ.

މިއަހަރުގެ މުބާރާތުގައި ސްކޫލްތަކާއި، ކައުންސިލްތަކާއި، ކުލަބު ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ މުއައްސަސާތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ވަނީ ބޮޑުކޮށްފައެވެ. އަދި މުބާރާތުގެ މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މަގްސަދަކީ ދިވެހިންގެ ހިތްތަކުގައި ޤުރްއާނަށް އޮތް ލޯބި އިތުރުކުރުމާއި، ރީތިކޮށް ޤުރްއާން ކިޔަވާ ހުނަރުވެރި ޖީލެއް ބިނާކުރުމެވެ

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ18 ވަނަ ދުވަހެވެ.މި އަހަރު މުބާރާތުގެ އުސޫލަށް ގެނައި ބަދަލާއެކު، ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ އުމުރުން 26 އަހަރު ނުފުރޭ ކޮންމެ ދިވެހި ރައްޔިތަކަށެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments