ސިޓީތަކުގެ އަންހެނުންގެ ކޮމެޓީއަށް 41،000 އަދި ރަށްތަކުގެ ރައީސުންނަށް 21،000 ރުފިޔާގެ މުސާރަ އެއް!
City thakuge anhenunge comittee ah 41,000 adhi rahthakuge raeesunah 21,000 ruffiyya ge musaara eh!

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށް، ސިޓީތަކަށް 41،000 ރުފިޔާ އަދި ރަށްރަށުގެ ކޮމެޓީރައީސުންނަށް 21،000 ރުފިޔާ ދޭން ނިންމައިފިއެވެ.
ނެޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައި، އެ ތަފްޞީލްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް މިހާރު ވަނީ ފޮނުވާފައެވެ.
ސިޓީތަކުގެ އ.ތ.މ ކޮމެޓީގެ އައު މުސާރައިގެ ތަފްޞީލް:
ކޮމެޓީގެ ރައީސް:
- އަސާސީ މުސާރަ: 33,000 ރުފިޔާ
- ލިވިންގ އެލަވަންސް: 8,500 ރުފިޔާ
- ޖުމްލަ މަހު މުސާރަ: 41,500 ރުފިޔާ ކޮމެޓީގެ ނައިބު ރައީސް:
-
- އަސާސީ މުސާރަ: 5,000 ރުފިޔާ
- ސިޓިންގ އެލަވަންސް: ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ (މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނީ 2,000 ރުފިޔާ)
- ޖުމްލަ މަހު މުސާރަ: 7,000 ރުފިޔާ
ކޮމެޓީގެ މެންބަރުން:
- ޖުމްލަ މަހު މުސާރަ: 6,000 ރުފިޔާ
މީގެ އިތުރުން، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރައިގެ ގޮތުގައި މަހަކު 21,000 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އަސާސީ މުސާރައިގެ ގޮތުގައި 16,500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4,500 ރުފިޔާރަށްތަކުގެ ކޮމެޓީގެ ރައީސުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.
ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ މަހަކު 4,000 ރުފިޔާއެވެ. މީގެ އިތުރުން، ކޮމެޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމުން ސިޓިންގ އެލަވަންސްގެ ގޮތުގައި ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެއެވެ.
ނަމަވެސް ބައްދަލުވުންތަކަށް މަހެއްގެ މައްޗަށް އެންމެ ގިނައިން ލިބޭނީ 2,000 ރުފިޔާ ކަމަށް ޕޭ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، މި އިނާޔަތްތަކާއެކު ރަށްރަށުގެ ކޮމެޓީތަކުގެ ނައިބު ރައީސުންނަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރައިގެ ގޮތުގައި 6,000 ރުފިޔާލިބޭނެއެވެ.




