ކަލައިދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް ގެ އޭޓީއެމްއެއް ގާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

Kalaidhoogai MIB ge ATM eh gaaimukoh hidhumai dheyn fashaifi

ލ. އަތޮޅުގެ ގަން-ފޮނަދޫ ގުޅިފައިވާ ސަރަހައްދުން ބޭރުގައި، އެމްއައިބީގެ ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް އެ އަތޮޅު ކަލައިދޫގައި އޭޓީއެމްއެއް ބަހައްޓައި، މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

މިކަމާ ގުޅިގެން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްދުންމަތީ ގަން-ފޮނަދޫ ގުޅިފައިވާ ސަރަހައްދުން ބޭރުގައި އެމްއައިބީގެ އޭޓީއެމްއެއް ފުރަތަމަ ބެހެއްޓި ހުޅުވިގެން މިދިޔައީ އިސްދޫ ދާއިރާގެ ކަލައިދޫގައި ކަމަށެވެ. މިއީ ބޭންކިންގ ޚިދުމަތް ރައްޔިތުންނާ ގާތަށް ފޯރުކޮށްދީ، ޚިދުމަތް ފުޅާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކުރެވުނު ވަރަށް މުހިންމު މަސައްކަތެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

”މިއީ ބޭންކިންގެ ޙިދުމަތް ފުޅާ ކުރުމަށްޓަކައި އަދުގެ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކުރެއްވެވި ވަރަަށް މުހިއްމު، އެހާމެ ބޭނުންތެރި ކަމެއްކަން ފާހަގަ ކޮށްލަން. ޝުކުރިއްޔާ ދިވެހީންގެ ރައީސް،“ މެންބަރު ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން، ކަލައިދޫގައި މި އޭޓީއެމް ގާއިމްކުރުމުގެ މަސައްކަތުގައި ލ. ކަލައިދޫ ކައުންސިލުން ވެދެއްވި ބޮޑު އެހީތެރިކަމަށްޓަކައި މެންބަރު ވަނީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ކުންފުނިތަކުން (SOEs) ވެދެއްވި އެއްބާރުލުންވެސް މެންބަރުގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments