ހައްޖާޖީންނަށް ޚާއްސަކޮށް ފުލޫ ކްލިނިކެއް ހުޅުވައިފި

Hajjaajeennah haassakoh flu clinic eh hulhuvaifi

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު އެނބުރި ރަށަށް ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ގަމު ރީޖަނަލް ހޮސްޕިޓަލުން ޚާއްސަ ފުލޫ ކްލިނިކެއް ގާއިމުކޮށްފިއެވެ.

މި ކްލިނިކް ގާއިމުކޮށްފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކް، ”ގުރަހަ“ ގައެވެ. މި އިންތިޒާމަކީ ހައްޖުން އެނބުރި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް އަވަސް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމެކެވެ.

ހައްޖުގެ އަޅުކަމަށްފަހު އެނބުރި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ހުންއައުން، އަރިދަފުސް ރޯގާ ޖެހުން ނުވަތަ ބަލީގެ އެހެންވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، މި ކްލިނިކަށްވަޑައިގަތުމަށް ހޮސްޕިޓަލްއިން އެދެއެވެ.

މި ކްލިނިކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:00 އަށް.
  • ހަވީރު 17:00 އިން 18:00 އަށް.

ހޮސްޕިޓަލުން ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައިގެން ވަޑައިގަތުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments