”އޯޝަން ފެސްޓިވަލް“ގައި ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

"Ocean festival" gai kaboathakethi vihkumuge furusathu hulhuvaalaifi

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ”އޯޝަން ފެސްޓިވަލް“ ގައި ލުއި ކާނާ އާއި ފިނި ބުއިންތައް ވިއްކުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ދިރާގު ބީޗުގައެވެ.

މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މި ފެސްޓިވަލް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:30 އަށެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ ”އާ ތަސައްވުރެއް: އަހަރެމެން ދަންނަ ދުނިޔެއަށްވުރެ ފުން، ކަނޑުތަކާއެކު އުފައްދާ އާ ގުޅުމެއް“ މިއެވެ.

މި ފެސްޓިވަލަކީ ވޭތުވެދިޔަ ދެ އަހަރެކޭ އެއްފަދައިން ކުޑަކުދިންނަށް ހާއްސަ ތަފާތު މޫދު ކުޅިވަރުތަކާއި، އެކިއެކި އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތައް ދައްކުވައިދޭ ސްޓޯލްތަކާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ތަކެތި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި ފެސްޓިވަލްގައި ބައިވެރި ކުރާނީ ޖުމްލަ ފަސް ފަރާތެކެވެ. އަދި ފުރުސަތު ދިނުމުގައި އިސްކަންދޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަސް ފަރާތަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ގޫގުލް ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3339251 ނުވަތަ 3339216 ނަންބަރު ފޯނާ ގުޅުމަށް އެ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments