ފޮނަދޫ ކައުންސިލްގެ ހިންގުން ރަނގަޅު ކުުރުމަށް މަސްޢޫލިއްޔަތުތަށް ފަސް ކައުންސިލަރުންނަށް ބަހާލައިފި

Fonadhoo Councilge hingun rangalhu kurumah masooliythuthah fass councilarunag bahaalaifi

ލ.ފޮނަދޫ ކައުންސިލްގެ ހިންގުން ރަނގަޅު ކުރުމަށް ކައުންސިލްގެ މަސްޢޫލިއްޔަތުތައް ފަސް ކައުންސިލަރުންނަށް ބަހާލައިފިއެވެ.

އެގޮތުން ލާމަރުކަޒީ ޤާނޫނު 7/2010 ގެ ދަށުން ރަށުކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމާއި ކައުންސިލްގެ މަސައްކަތްތައް ބައްޓަންކުރުން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޟަށެވެ.

ކައުންސިލްގެ ނައިބު ރައީސް އަޙްމަދު މަޙްމޫދަށް ހަވާލުކުރައްވާފައިވަނީ ކުޅިވަރު ހަރަކާތްތަކާ ކުޅިވަރު ވަޞީލަތްތައް ބެލެހެއްޓުމާއި، މަގުތަކާއި، ޕާކުތަކާއި، މައިޒާންތައް ދިއްލާ ބެލެހެއްޓުމެވެ.

މީގެއިތުރުން ކުޅިވަރު ކުޅޭ ބިންތަކާއި ދަނޑުތައް ބެލެހެއެއްޓުމާއި މިސްކިތްތައް ބެލެހެއްޓުމާއި ދީނީ ހަރަކާތްތައް ރާވާ ހިންގުމުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކުގެ ކަންކަން ބެލެހެއްޓުމެވެ.

ކައުންސިލް މެމްބަރު ޢަބްދުއްރައޫފް ޔޫސުފަށް ހަވާލުކުރައްވާފައިވަނީ ސަރުކާރާއި ކައުންސިލުން ރާވާ ހިންގާ މަޝްރޫޢުތައް މޮނިޓަރ ކުރުމާއި، ކަރަންޓާއި ފެން އަދި ނަރުދަމާއާއި ގުޅުން ހުރި ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

މީގެއިތުރުން މަގުތައް މަރާމާތުކުރުމުގެ ކަންކަން ބެލެހެއްޓުމާއި، ޤަބުރުސްތާނާއި ކަށުކަމާކެމީގެ ކަންކަން ބެލެެއްޓުމާއި، އިޖްތިމާއީ މަރުކަޒުތަކާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ އިތުރުން ގެދޮރުވެރިކަމާ ގުޅޭ ކަންކަމާއި ގުޅޭ ކަންކަން ތަންފީޒުވަމުންދާމިންވަރު ބެލެހެއްޓުމެވެ.

މީގެއިތުރުން ކައުންސިލް މެމްބަރު ޢާއިޝަތު ޢަޒީމާއާއި ހަވާލުކުރައްވާފައިވަނީ ޞިއްޙީ އަދި އިޖްތިމާޢީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތާއި، ތިމާވެށި އަދި ކާރިޘާތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމެވެ.

ހަމަމިއާއެކު ވިޔަފާރިތަކާއި މާރުކޭޓްތައް ބެލެހެއްޓުމާއި ދަނޑުވެރިކަމާ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމުވެ.

ކައުންސިލް މެމްބަރު ވަރުދާ ޙުސެއިނަށް ހަވާލުކުރައްވާފައިވަނީ އިޖްތިމާޢީ ސަރަހައްދުތައް ބެލެހެއްޓުމާއި، އެކިއެކި މުނާސަބަތުތަކާއި ޢީދު ތައް ފާހަގަކުރުމެވެ.

މީގެއިތުރުން އިސްރަށްވެހިންނާއި، ކުޑަކުދީން އަދި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments