ލާމު ކޯޒްވޭގައި އެކްސިޑެންޓެއް ހިނގައިފި

Laamu Causeway gai accident eh hingaifi

ލާމު އަތޮޅުގެ ގަން، ކައްދޫ އަދި ފޮނަދޫ ގުޅާލައިފައިވާ ކޯޒްވޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ކައްދޫއާވީ ކޮޅުން ފޮނަދޫއަށް ދަތުރުކުރި ސައިކަލެއް ކޯޒްވޭ މަތީގައި މަޑުކޮށްފައި އޮތް ކާރެއްގައި ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ކޯޒްވޭގެ އެސް ކައިރީގައި ކާރެއް މަޑުކޮށްގެން އޮއްވައި، ފަހަތުން އައި ސައިކަލު ކާރުގައި ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއާ ބެހޭގޮތުން ލިބުނު އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އޭނާގެ އަތުގެ އިނގިއްޔެއް ބިންދައިގެން ގޮސްފައިވާ ކަމަށް ކަށަވަރުވެއެވެ. ނަމަވެސް، އޭނާއަށް ލިބުނު އިތުރު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުން ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވީ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ލާމު ކޯޒްވޭއަކީ އާންމުކޮށް ބާރު ދުވެލީގައި އުޅަނދުތައް ދުއްވާ ސަރަހައްދަކަށް ވުމުން، މިފަދަ އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Yahuya
Yahuya
2 months ago

Course way speed limit 30km