ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިއަދުން ފެށިގެން އެމްއާރް ވެކްސިން ދިނުން ކުރިއަށްދަނީ

Gamu regional hospitalgai miadhun feshigen MR vaccine dhinun kuriahdhanee

އެމް.އާރު (މީސަލްސް އަދި ރުބެއްލާ) ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 49 އަހަރުން ދަށުގެ ދިވެހިންގެ ތެރެއިން މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށެވެ. މީގެ އިތުރުން ގަމުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވަކި އުމުރުފުރާއެއް ނެތި، ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަށްވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގައެވެ. މިގޮތުން ޖުލައި މަހުގެ 19، 21، 24 އަދި 28 ވަނަ ދުވަހު ވެކްސިން ޖެހުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ވެކްސިން ދޭނެ ގަޑިތައް:

19 ޖުލައި (އާދިއްތަ): ހެނދުނު 09:30 އިން 11:00 އަށް
21 ޖުލައި (އަންގާރަ): ހެނދުނު 09:30 އިން 11:00 އަށް
24 ޖުލައި (ހުކުރު): ހަވީރު 04:00 އިން 05:30 އަށް
28 ޖުލައި (އަންގާރަ): ހެނދުނު 09:30 އިން 11:00 އަށް

ވެކްސިން ޖަހަން އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ގެންނަން ޖެހެއެވެ. އަދި މީސަލްސް ހިމެނޭ ވެކްސިންގެ އެއްވެސް ޑޯޒެއް މީގެ ކުރިން ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔެކިޔުންތަކާއި، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތެއްނަމަ އެޔާ ގުޅުންހުރި ލިޔެކިޔުންތައް ގެނައުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments