މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ހިތަދޫގައި ބޭއްވުމަށް ތައްޔާރުވެއްޖެ
Minivan dhuvahuge dhidha negumuge rasmihyaathu hithadhoogai baahvan thahyaaruvehjje

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ހައްދުންމަތީ ހިތަދޫގައި ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހިތަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 06:00 ގައެވެ. މި ރަސްމިއްޔާތު ކުރިއަށްދާނީ އެ ރަށު ކައުންސިލް އިދާރާގެ ކުރިމަތީގައެވެ.
މިނިވަން ދުވަހުގެ މި ޚާއްޞަ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެހެންކަމުން، ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަހުގެ ފަތިހު 05:30 އަށް ހިތަދޫގެ އެންމެހާ ރައްޔިތުން ކައުންސިލް އިދާރާއަށް ޙާޟިރުވެދެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫން ސޮއިކުރައްވައި ނެރުއްވި އިޢުލާނެއްގައިވަނީ، ރަށުގެ ވީހާވެސް ގިނަ ރައްޔިތުން މި ފަޚުރުވެރި ރަސްމިއްޔާތުގައި ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހުގެ ހެނދުނު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުތައް ބޭއްވުމަކީ އާދަކޮށް ކުރަމުން އަންނަ ކަމެކެވެ.



