ގަމު މަތިމަރަދޫ އިންޑަސްޓްރިއަލް ޒޯނުން 3 ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

Gamu mathimaradhoo industrial zone in 3 bin kuhyah dhookuran hulhuvaalaifi

ލ. ގަމު މަތިމަރަދޫ އިންޑަސްޓްރިއަލް ޒޯނުން ތިން ބިމެއް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލް އިދާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ސަރަޙައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3،677 އަކަފޫޓުގެ ދެ ބިމަކާއި 18،623 އަކަފޫޓުގެ ބިމެކެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2026 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ ބިމަކަށް 500 ރުފިޔާއެވެ. ބިޑް ފޮތް ގަތުމަށްޓަކައި 7707700315001 އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ޓްރާންސްފަރ ސްލިޕް 7611515 ނަންބަރަށް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 27 އޮގަސްޓް 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ކައުންސިލުން ބުނި ގޮތުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ގަމު ކައުންސިލް އިދާރާއަށް ހާޒިރުވެގެން ނުވަތަ 7611515 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް ކައުންސިލްގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments