މާމެންދޫ ބަނދަރު ހެދުމަށް ގެންދިޔަ ވެހިކަލްތައް އަނބުރާ ގެންދިއުމުން ކައުންސިލް ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

Maamendhoo bandhru hedhumah gendhiya vehicle thah anburaa gendhiumun council raees kanboduvun faalhukurahvaufi

ލ. މާމެންދޫ ބަނދަރު ތަރައްޤީކޮށް ބޮޑުކުރުމުގެ މަޝްރޫޢަށް އެރަށަށް ގެންގޮސްފައިހުރި ވެހިކަލްތައް އަނބުރާ ގެންދިޔުމާ ގުޅިގެން، އެރަށު ކައުންސިލްގެ ރައީސް ހުސެއިން ޙަބީބް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ލާމު އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ޙަބީބް ވިދާޅުވީ، ބަނދަރު މަޝްރޫޢަށް ބޭނުންވާ ވެހިކަލްތައް މާމެންދުއަށް ގެނެސްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ދުވަހުގެ މެންދުރު 12:00 ހާއިރު ކަމަށެވެ. އަދި މި މަސައްކަތަށް އެރަށުން މުވައްޒަފުން ވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަބީބް އިތުރަށް ވިދާޅުވީ، މިހާތަނަށް މި މަޝްރޫޢާ ގުޅިގެން ކުރެވިފައިވާ ހަމައެކަނި މަސައްކަތަކީ ސައިޓެއް އަޅައި އެތަން ހިޔާކުރުން ކަމަށާއި، ޢަމަލީ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށެވެ. ނަމަވެސް، އިއްޔެ އާންމު ރައްޔިތަކު ދިން މަޢުލޫމާތަކާ ގުޅިގެން ބަނދަރު ސަރަޙައްދަށް ދިޔައިރު، ވެހިކަލްތައް ބަލައި އައިސް އޮތް ކޮޅުވެއްޓިއަކަށް އެ ތަކެތި އަރުވަމުންދިޔަ ކަމަށް ޙަބީބް ވިދާޅުވިއެވެ.

މި މަޝްރޫޢަށް އެރަށަށް ގެންގޮސްފައިވަނީ ހެވީ ލޯޑް ލޮރީއަކާއި ފޯކްލިފްޓެއް ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ޙަބީބް ވިދާޅުވީ، އެ ތަކެއްޗާ ޙަވާލުވުމަށް އައި މީހާއާ ސުވާލުކުރުމުން އެ ތަކެތި ގެންދަނީ ކޮން ތަނަކަށްކަން އެނގިފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ޙަބީބް ފާހަގަކުރެއްވީ، ލ. ފޮނަދޫގައި ހުންނަވާ އެމްޓީސީސީގެ ކަންކަމާ ޙަވާލުވެހުންނެވި އިސް ފަރާތް ޗުއްޓީގައި ހުންނެވުމުގެ ސަބަބުން، މި މައްސަލައިގައި ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments