ގަމު ކައުންސިލުން އެމްޑަބްލިޔުއެސްސީގެ ސާވޭ ޓީމާއި ބައްދަލުކޮށްފި

Gamu councilun MWSCge Survey Team ai bahdhalukohffi

ލ. ގަމު ކައުންސިލުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ސާވޭ ޓީމާއެކު މުހިންމު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ގަމު ކައުންސިލުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމަކީ އެ ރަށުގައި މިހާތަނަށް ނަރުދަމާ ނިޒާމު ނުގުޅި ހުރި ގެތަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މީގެ ކުރިން، ޖުލައި 19 ވަނަ ދުވަހު ވެސް އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްސަލާމް އަދި މެނޭޖްމަންޓް ޓީމުން ވަނީ ލ. ގަމު ދާއިރާގެ މަޖިލިސް މެންބަރު ޔޫސުފް ނަޝީދު އަދި ގަމު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އެމްޑަބްލިޔުއެސްސީން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަސްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted