އިސްދޫ ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ
Isdhoo futsal dhanduge turf badhalukurumuge masahkathuge 90 inshatha nimihjje

ލ. އިސްދޫ ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ 90 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އިސްދޫ ކައުންސިލުން ހާމަކޮށްފިއެވެ.
އިސްދޫ ފުޓްސަލް ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ޓާފް އައުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މި މަޝްރޫޢުގެ ބޮޑުބައި މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ވަރަށް އަވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިސްމާޢީލް ޝަފީޢު ދެއްވާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.




