މައުލޫމާތު ސައްހަ ނޫން ފޯމުތައް އަލުން ހުށަހެޅުމަށް މުއްދަތެއް ދެނީ

Mauloomaathu sahha nun formthah alun hushaelhumah muhdhatheh dhenee

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ސައްހަ ނޫން ފޯމުތައް އަލުން ހުށަހެޅުމުގެ މުއްދަތެއް ދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަރުހަލާގައި، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތާ ފުށުއެރުމެއްވާނަމަ، އެކަން “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެއެވެ.

މިގޮތުން ދެވޭ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ. އަދި މި ބަދަލުތަކުގެ މައުލޫމާތު، ފޯމުގައި ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް އަންގާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ވުޒާރާއިން އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި މިފަދަ ޖަވާބުތައް ހުށަހަޅަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ޖަވާބުތައް ބަލައިނުގަނެވޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments