އިސްދޫ ކައުންސިލްގެ 05 ވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ނިންމި ނިންމުންތައް އާންމުކޮށްފި
Isdhoo councilge 05 vana dhauruge 12 vana jalsaain nimmi ninmunthah aanmukohffi

ހައްދުންމަތީ އިސްދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ މުހިންމު ނިންމުންތައް އެ ކައުންސިލުން އާންމުކޮށްފިއެވެ. މި ޖަލްސާގައި ކައުންސިލްގެ ހިންގުމާ ގުޅޭ ގޮތުންނާއި ރަށުގެ އެކި ކަންކަމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.
ކުރީގެ ޖަލްސާތަކުގެ ޔައުމިއްޔާ ފާސްކުރުން
މި ޖަލްސާގެ އެޖެންޑާ ފާސްކުރުމުގެ އިތުރުން، ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ އަދި 10 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާތައް ވަނީ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ކުޅިވަރާއި ބިމާ ގުޅޭ މުހިންމު ނިންމުންތައް
މި ޖަލްސާގައި ނިންމި މުހިންމު ކަންތައްތަކުގެ ތެރޭގައި، އެފް.އޭ.އެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕްގައި ވާދަކުރާ އިސްދޫ ފުޓްސަލް ޓީމަށް ކޯޗެއް ހަމަޖެއްސުމާއި، ރަށުން ބޭރުގައި ތިބި ކުޅުންތެރިން ރަށަށް ގެނައުމުގެ ދަތުރު ޚަރަދުގެ ކަންކަން މުބާރާތަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކަށާއި އެކި ޖަމްޢިއްޔާތަކަށް ބިން ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމާއި، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން އެގްޒެމިނަރުންނާ ގުޅޭ ކަންކަމުގައިވެސް ކައުންސިލުން ވަނީ މަޝްވަރާކޮށް ގޮތްތަކެއް ކަނޑައަޅާފައެވެ.




