އެފްއޭއެމް އަތޮޅު ފުޓްސަލް 2026: ފޮނަދޫގެ މައްޗަށް ކުރިހޯދައި ލ. ގަމުން މުހިންމު މޮޅެއް ހޯދައިފި
FAM Atholhu Futsal 2026: Fonadhoo ge machchah Kuri Hoadhai Muhimu Molheh Hoadhaifi

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ”އެފްއޭއެމް އަތޮޅު ފުޓްސަލް 2026“ ގައި ވާދަވެރި ކުޅުމަކަށްފަހު 1-4 ގެ ނަތީޖާއަކުން ލ. ފޮނަދޫ ބަލިކޮށް، ލ. ގަމުން މުހިންމު މޮޅެއް ހޯދައިފިއެވެ.
މި މެޗުގައި ފޮނަދޫ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތައް އެ ޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. ފޮނަދޫ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފީ ގަމު ޓީމުންނެވެ.
މެޗުގައި ގަމު ޓީމުން ޖެހި 4 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ޙަލީމް، ޞިޙުބާން އިބްރާހިމް އަދި ޝިޔާން އެވެ. ފޮނަދޫ ޓީމުގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޫތު އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ”މޭން އޮފް ދަ މެޗް“ ގެ މަގާމަށް ހޮވިފައިވަނީ ގަމު ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އެވެ. އޭނާ ވަނީ މި މެޗުގައި ގަމު ޓީމުގެ ފަހަތް ބެލެހެއްޓުމުގައްޔާއި ޓީމަށް މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.




