މަދަނީ ކުދި މައްސަލަތައް އަވަސްކުރުމަށް ”ސްމޯލް ކްލެއިމް“ ކޯޓެއް އުފައްދަނީ

Madhanee kudhi mahssalathah avaskurumah "Small Claim" court eh ufahdhanee

މަދަނީ ކުދި މައްސަލަތައް ބެލުމަށް ހާއްސަ ކޯޓެއް ގާއިމްކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ. ރައީސް މިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ އާންމު ރައްޔިތުންގެ މައްސަލަތައް އަވަސް ކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ގޮތުން ގެނެވޭނެ ބަދަލުތަކާއެކު ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމާއެކު، ކޯޓުތަކާ ބެހޭ ގާނޫނަށާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

”މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވޭ. ވަރަށް ލަސްތައްވޭ. މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް އެ ޕްރޮސެސްގައި ނަގާ ޓަައިމް އެފިޝެންޓްކޮށް އަވަސް ކުރުމަށްޓަކައި އިޖްރާއަތްތައް ފަސޭހަ ކުރުމަށްޓަކައި، މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާނަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުދިކުދި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މައްސަލަތައް ފަސޭހައިން ހުށަހަޅައި އަވަހަށް ނިންމުމަށްޓަކައި ”ސްމޯލް ކްލެއިމް“ ކޯޓެއް ގާއިމްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. މީގެއިތުރުން ބޮޑެތި ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޝަނެއް ނުވަތަ ވަކި ކޯޓެއް ގާއިމްކުރުމުގެ ފަންނީ ދިރާސާތައް ކުރެވެމުންދާ ކަމަށާއި، އެ ބިލް އޮކްޓޯބަރު މަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރުއީ ނިޒާމު މިނިވަންކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ ބަޖެޓު ބޮޑުކޮށްދީ، ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތަކަށް ހާއްސަ އިމާރާތެއް ހަމަޖައްސައިދީ އެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted