މާމެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްފި

Maamendhoo bandharu maraamathu kurumuge masahkaiy feshun fasskohffi

ހައްދުންމަތީ މާމެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.

މާމެންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، 08 ސެޕްޓެމްބަރ 2026 ގައި ފެށުމަށް ކުރިން އިޢުލާނުކުރެވުނު ބަނދަރު މަރާމާތުގެ މަސައްކަތް ފަސްކުރަން ޖެހުނީ ދިމާވި ސަބަބަކާ ގުޅިގެންނެވެ.

ކައުންސިލްގެ ރައީސް ޙުސައިން ޙަބީބު ޢަލީ ސޮއިކުރައްވައި ނެރުއްވި މި އިޢުލާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ބަނދަރު މަރާމާތު ކުރުމުގެ މި މަސައްކަތް ދެން ފަށާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted