ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއްގެ މިންވަރުވެސް ބޭރު ފަރާތަކަށް ނުވިއްކަން: ވަޒީރު ޒަރީރު

Rassmale'ge bimun enmme inchi ehgge minvaruvess beyru faraathakah nuvihkkan: Vazeer Zareer

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއްގެ މިންވަރުވެސް ބޭރު ފަރާތަކަށް ނުވިއްކާ ކަމަށާއި، އެ މަޝްރޫއު ކުރިއަށްދަނީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރަސްމާލޭގައި ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓްތައް ހިމެނޭހެން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ބިމެއް ވިއްކާލާފައި ނުވާނެ ކަމަށެވެ.

ބިން ދޫކުރީ 99 އަހަރަށް ކުއްޔަށް

އެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އީގަލް ހިލްސްއާއެކު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި ރިސޯޓްތައް ހިންގުމަށް 99 އަހަރަށް ރަށްރަށް ކުއްޔަށް ދޭ އުސޫލުން ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްވެސް ކުރިއަށް ގެންދަނީ ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކްގެ ތެރެއިން 99 އަހަރާ ހަމައަށް ބިން ކުއްޔަށް ދީގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއް ވެސް ބޭރުގެ އެއްވެސް ބަޔަކަށް ނުވިއްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށާއި، މި ސަރުކާރުން އެ ވައުދު ފުރިހަމައަށް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޒަރީރު ވަނީ ދެއްވާފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted