ކޮންގްރެސް ބާއްވާނީ އާންމުންނަށް ހުޅުވާލައިގެން: އެމްޑީޕީ

Congress baahvaaneee aanmunah hulhuvaalaigen: MDP

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެ ޕާޓީން މިކަން ހާމަކޮށްފައިވަނީ ކޮންގްރެސްއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް މާލެ ސިޓީ ހޯލު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެތަނުގައި ޓެންޓު ޖަހައިގެން، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކޮންގްރެސްގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްގެ ތާވަލާއި ބައިވެރިވުން

ޕާޓީގެ ޗެއަރޕަރސަންގެ ނައިބު މުޙައްމަދު ޝިފާޒު ވިދާޅުވި ގޮތުގައި، ކޮންގްރެސްމަނުންގެ ގޮތުގައި ބައިވެރިވެވޭ 986 ބޭފުޅުން މިވަގުތު އެ ޕާޓީގައި އެބަތިއްބެވިއެވެ. އަދި ރަޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާއިރު، ގިނަ ބަޔަކު ރަޖިސްޓްރީ ކުރަމުންދާ ކަމަށާއި އެ މަރުހަލާ އެއްކޮށް ނިމޭއިރު ހުރިހާ ކޮންގްރެސްމަނުން ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮންގްރެސްގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ، ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އޮކްޓޫބަރު 1 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްފަހު، ހުކުރު ދުވަހުގެ މެންދުރުފަހު ސެޝަންތައް ކުރިއަށްދާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އިތުރު ސެޝަންތައް ބާއްވައި، ޕާޓީގެ އަސާސީ ޤަވާއިދާ ގުޅުންހުރި ބަހުސްތަކާއި ހުށަހަޅާފައިވާ އިސްލާހުތަކާމެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

އާންމުންނަށް ފުރުސަތު ހުޅުވާލުން

ޝިފާޒު ވިދާޅުވީ މި ކޮންގްރެސް ބަލަން ނުވަތަ އަޑުއަހަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ”ސިޓީ ކައުންސިލްގެ ހޯލުގައި އަޅުގަނޑުމެން މި ކޮންގްރެސް ބޭއްވި ނަމަވެސް މި ކޮންގްރެސް ބެލުމަށާއި އަޑު އެހުމަށާއި އަދި ކޮންގްރެސްމަނުން ނޫނަސް އެމްޑީޕީގެ އާންމު މެންބަރުންނަށް އަދި ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށްވެސް ހަމަ ހުޅުވާލެވިފައި މިވަނީ. އެހެންވީމަ މި ކޮންގްރެސްއަކީ ބަންދުކޮށްގެން ބާއްވާ ކޮންގްރެސްއެއް ނޫން،“ ޝިފާޒު ވިދާޅުވިއެވެ. މީގެއިތުރުން މާލެ ސިޓީ ހޯލުގައި ބޭއްވި ނަމަވެސް، މިއަހަރުގެ ކޮންގްރެސް ވެގެންދާނީ މެންބަރުން ފަޚުރުވެރިވާ ފަދަ ކޮންގްރެސްއަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންގްރެސްގައި، މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުން އޮންނާނެއެވެ. ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ކަންކަންވެސް މި ކޮންގްރެސްގެ ތެރެއިން ނިންމާނެ ކަމަށް ބެލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted