މާލެ ސަރަޙައްދުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައަޅައިފި

Male' sarahahdhugai baru ulhandhaai mudhaa ufulaa ulhandhu dhuhvey vaguthu kanda alhaifi

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ޚާއްޞަކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތަށްޓަކައި، މާލެ ސަރަޙައްދުގެ މަގުތަކުގައި 350 ކިލޯއަށް ވުރެ ބަރު މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓާއި ޓްރަކް ފަދަ ބަރު އުޅަނދު ދުއްވުން ވަކި ގަޑިތަކެއްގައި މަނާކޮށް، އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީން އައު އުސޫލެއް ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، ސްކޫލް އޮންނަ ދުވަސްތަކުގައި ކިޔެވުން ފެށޭ ވަގުތާއި ނިމޭ ވަގުތު ސްކޫލް ހިމެނޭ ސަރަޙައްދުތަކުގައި މި ބާވަތުގެ އުޅަނދު ދުއްވުމާއި އެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލުން ވަނީ މަނާކޮށްފައެވެ. ހިނގާބިގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކުރުމަކީ މި ނިންމުމުގެ މައިގަނޑު ބޭނުންކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން، ހެނދުނު 06:00 އިން 08:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން ހުރިހާ މަގެއްގައްޔާއި ހުޅުމާލޭގެ މަގުތަކުގައި އަދި ސިނަމާލެ ބުރިޖާއި ހައިވޭގައި 350 ކިލޯއިން މައްޗަށް މުދާ އުފުލާ އުޅަނދުތަކާއި ކްރޭން، ޓްރެއިލަރު، ޓްރަކް އަދި ފޯކްލިފްޓް ފަދަ ބަރު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ހަމައެގޮތަށް ހެނދުނު 11:30 އިން މެންދުރު 01:30 އަށް ވެސް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކާއި ބުރިޖު އަދި ހައިވޭގައި އެ ބާވަތުގެ އުޅަނދު ދުއްވުން ހުއްދައެއް ނޫނެވެ.

މި ގަޑިތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެ މިނިސްޓްރީން ވަނީ ގޮވައިލައިފައެވެ. އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ބަދަލާ އެކު ބޮޑުތަކުރުފާނު މަގު ވެގެންދާނީ މަނާ ވަގުތުތަކުގައި ވެސް ބަރު އުޅަނދު ދުއްވުން ހުއްދަ ހަމައެކަނި މަގަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted