ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް

Dhivehi fasgandu minivankanmathee dhemi othumugai Dhivehi sifainge hihvaraai jihadun iburaiy libigannan jehey: Raees

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނަށާއި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ޝަހީދުވެދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހު، ސްރީލަންކާގެ ބާޣީ ޖަމާޢަތެއް ކަމަށްވާ ”ޕްލޮޓް“ގެ ހަނގުރާމަވެރިން މާލެއަށް އަރައިގަތުމާ ގުޅިގެން ދިވެހި ސިފައިން ވަނީ މެދުކެނޑުމެއްނެތި 18 ގަޑިއިރު ވަންދެން ބާޣީންނާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އެފަދަ ޢުދުވާނީ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މަޢުލޫމާތެއް ކުރިން ލިބިފައިނުވި ނަމަވެސް، ދިވެހި ސިފައިން ވަނީ ކުއްލި ޙާލަތުގައި ސާބިތުކަމާއެކު އެ ޙަމަލާތަކާ ކުރިމަތިލާފައެވެ.

ބާޣީންގެ މަޤްޞަދަކަށްވީ ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒު ހިފުން ކަމުގައި ވިޔަސް، ދިވެހި ސިފައިންގެ ހިކުމަތްތެރިކަމާއި ފަސްނުޖެހޭ ހިތްވަރުގެ ސަބަބުން ބާޣީން ވަނީ ދިވެހި ސިފައިންގެ ކުރިމަތީގައި ބަލިކަށިވެފައެވެ. ސިފައިންގެ މައި ޢިމާރާތުގެ ތެރެއަށް ވަނުމަށް ބާޣީން ކުރި އެންމެހާ މަސައްކަތްތައް ނާކާމިޔާބުކޮށްލީ، ޤައުމާއި ދީނުގެ ދިފާޢުގައި ދިވެހި ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted