އެމްއެންޔޫ ގަމު ކެމްޕަހުގެ ”ފަހި ފުރުޞަތު“ ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”އެމްއެންޔޫ ފަހި ފުރުޞަތު“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފަހި ފުރުޞަތު ނުވަތަ ”ޖޮބް ފެސްޓިވަލް“ އަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ  އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި މަހު 9 އަދި 10 ވަނަ ދުވަހު އިހައްދޫ ސްކޫލް ހޯލުގައި ކުރިޔަށް ގެންދިޔަ މި އިވެންޓަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އެގޮތުން، ލ. އަތޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމުން ވަނީ މި ފެސްޓިވަލަށް ޒިޔާރަތްކޮށް، އެކި މުއައްސަސާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތައް އޮޅުންފިލުވާފައެވެ.

މިއަހަރުގެ ޖޮބް ފެސްޓިވަލްގައި ޖުމްލަ 11 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ލ.އަތޮޅު ކައުންސިލް، ލ.ގަމު ކައުންސިލް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ލ.ގަމު ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ދިރާގު، ހޮރައިޒޮން ފިޝަރީސް، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަދި ސިކްސް ސެންސެސް ލާމު އެވެ.

މުވައްސަސާތަކުގައި ހުރި ފުރުޞަތު ތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، ގަމު ކެމްޕަހުގައި އޯގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތުވެސް މި ހަރަކާތްތެރެއިން އާންމުންނަށް ވަނީ ފޯރުކޮށްދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments